ads
މިއަހަރުވެސް އަދާލަތަަށް މަޖިލީހަކަށް ނުވަދެވުނު
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން އެއްވެސް ގޮނޑިއެއް ނުލިބި ނިންމާލައިފިއެވެ.

20 ވަނަ ރައްޔިތުން މަޖިލީހުގެ 4 ދާއިރާއަށް އަދާލަތު ޕާޓިން ވާދަކުރިއެވެ. 

އެ ޕާޓީން ވާދަކުރި ކެންޑިޑޭޓުންގެ ތެރޭގައި ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނެއެވެ. އޭނާ ވާދަކުރީ މަކުނުދޫ ދާއިރާއަށެވެ. ދެން ވާދަކުރީ ވައިކަރަދޫ ދާއިރާއަށް ވާދަކުރި، ހުސައިން ސަގީފް ހިސާން، ފުނަދޫ ދާއިރާއަށް ވާދަކުރި، އިސްމާއީލް ހަމީދާއި އިނގުރައިދޫ ދާއިރާއަށް ވާދަކުރި އިސްމާއީލް އަލީއެވެ. 

މި ކެންޑިޑޭޓުންގެ ތެރެއިން ފުނަދޫ ދާއިރާއަށް ވާދަކުރި، އިސްމާއީލް ހަމީދު ވަނީ އިންތިހާބަށް ދެ ދުވަހަށް ވެފައިވަނިކޮށް ވަނީ ސަރުކާރަށް ތާއިދުކުރަން ނިންމާފައެވެ. 

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބު މިހާތަނަށް ލިބުނު ނަތީޖާ ދައްކާގޮތުން ސަރުކާރުން ހިންގާ ޕީއެންސީ ވަނީ 70 ވަރަކަށް ގޮނޑި ލިބި ސުޕާ މެޖޯރިޓީއާ ގާތްކޮށްފައެވެ.. މަޖިލީހުގެ މި ދައުރުގެ ސުޕާ މެޖޯރިޓީ އޮޮތް އެމްޑީޕީއަށް ލިބުނީ 10 ވަރަކަށްް ގޮނޑިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް