ads
މަޖިލީހަށް 3 އަންހެނުން، މުޅިންވެސް ސަރުކާރު ކެންޑިޑޭޓުން
20 ވަނަ ރައްޔިތުން މަޖިލީހަށް ސަރުކާރު ހިންގާ ޕީއެންސީގެ ތާއީދާއެކު ނުކުތް ތިން އަންހެން ކެންޑިޑޭޓުންވެސް އިންތިހާބުން ކާމިޔާބުކޮށްފިއެވެ. މަޖިލީހަށް 3 އަންހެނުން، މުޅިންވެސް ސަރުކާރު ކެންޑިޑޭޓުން

ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ނުކުތީ 2 އަންހެން ކެންޑިޑޭޓުންނެވެ. އެއީ ނިލަންދޫ ދާއިރާއަށް ވާދަކުރި ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ވާދަކުރި އަސްމާ ރަޝީދު (އަސްމާއައްތަ) އެވެ. ދެން މަޖިލީހަށް ހޮވުނު އަންހެން ކެންޑިޑޭޓަކީ ހުރާ ދާއިރާއަށް ނުކުތް އަނާރާ ނައީމްއެވެ. މިނިވަން ކެންޑިޑޭޓެއްގައި ގޮތުގައި ނުކުން އަނާރާއަށް ރައީސް މުއިއްޒާ ސަރުކާރުން ވަނީ ތާއީދުކޮށްފައެެ.

20 ވަނަ މަޖިލީހުގެ އިންތިހާބުގައި 41 ކެންޑިޑޭޓުން ވާދަކުރިއެވެ. އޭގެތެރޭގައީ މިހާރު މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އިވާ އަބްދުﷲ އާއި ޖީހާން މަހްމޫދް ހިމެނެއެވެ. އީވާއަށް މަޖިލިސް ގޮނޑި ގެއްލުނީ 3 ދައުރަށް ފަހުއެވެ. 

މަޖިލިސްއަށް ހޮވޭ އަންހެން މެމްބަރުން ޕާޓީގެ ފަރާތުން ހާއްސަ އެލަވަންސެެއް ދެއްވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވަފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް