ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް
މޮޅު ލިބުނީ ރައީސްގެ ހިކުމަތްތެރި ވިސްނުންފުޅުން: ނައިބު ރައީސް
މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހޯދި ކާމިޔާބީއަށް ރައީސްގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ވަނީ ސަރުކާރު ހިންގާ ކޯލިޝަނުން ކާމިޔާބު ހޯދި ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވައިފަ އެވެ.

"އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެެއްގައި ނައިބް ރައީސް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް އެންމެހާ ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުޙަބާއަކާއި ޝުކުރެއް ދަންނަވާ ކަމަށެވެ.

"ދުއާ އަކީ ގައުމީ ތަރައްގީއަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މި ކުރާ ބުރަ މަސައްކަތުގައި މާތް الله ސުބުހާނަހޫ ވަތައާލާ ބަރަކާތް ލެއްވުން،" ނާއިބު ރައީސް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ވާދަވެރި މަޖިލިސް އިންތިހާބުގައި ޕީއެންސީ އިން 71 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ނެގުނީ އެންމެ 12 ގޮނޑި އެވެ. މިއާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ދަމަހައްޓާނީ ޕީއެންސީންނެވެ.

އަދާލަތާއި ދަ ޑިމޮކްރެޓްސްއާ ރައީސް ޔާމީންގެ ތާއީދާ އެެކު ނިކުތް އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުހޯދުނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް