ads
މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ނިންމަން ޕީއެންސީން ބޭއްވި ހިނގާލުމުގައި ސަޕޯޓަރުންނާ އެކު ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން
އިންތިހާބުގައި ލިބުނު ކާމިޔާބީ ޕީއެންސީން ފާހަގަކުރަނީ، ހަވާ އަރުވާނެ
ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން "ދިވެެހީންގެ ރާއްޖެ މަޖިލީހަށް-މަރުހަބާ" ގެ ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ވާދަވެރިކަމާ އެކު އިއްޔެ ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ހޯދާފައި ވަނީ ޕީއެންސީންނެވެ. އެކަން ފާހަގަކޮށް، ދިވެހި ރައްޔިތުންނަށް މަރުހަބާ އާއި ޝުކުރު އަދާކުރަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ދިވެެހީންގެ ރާއްޖެ މަޖިލީހަށް-މަރުހަބާ" ގެ ނަމުގައި ޖަލްސާއެއް ބާއްވާނެކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

މި ހާއްސަ ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް ޕީއެންސީން ބުނެ އެވެ. އެ ޕާޓީން ބުނެފައި ވަނީ ޖަލްސާއަށްފަހު ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޕީއެންސީއަށް 66 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ހޯދުނީ 12 ގޮނޑި އެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއެންޕީއަށް އެއް ގޮނޑި އަދި އެމްޑީއޭއިން ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަމިއްލަގޮތުން ވާދަކުރި 11 ކެންޑިޑޭޓަކަށް ގޮނޑި ލިބިފައިވެ އެވެ.

ޖުމްހޫރީ ޕާޓީއަށް އެންމެ ގޮނޑިއެއް ހޯދުނުއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި ޕާޓީ، ޕީއެންއެފް އާއި ދަ ޑިމޮކްރެޓްސްގެ އިތުރުން އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް