ads
ހަސަން ލަތީފް
ގާނޫނު އަސާސީއަށް އިސްލާހުތަކެއް މާދަމާގެ ޖަލްސާއަށް
ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ ދެ އިސްލާހެއްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ ދެ އިސްލާހަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހަކާއި، އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ ދެ އިސްލާހު ހުށަހެޅުއްވި ދެ މެންބަރުންނަކީވެސް ކުރިއަށް އޮތް މަޖިލީހުން ފުރުސަތު ގެއްލުނު ދެ މެންބަރުންނެވެ. ދެ މެންބަރުންގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އާދިއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބުން ބަލިވެފައިވާއިރު، ރޮޒައިނާވަނީ އެމްޑީޕީގެ ޕްރައިމަރީން ބަލިވެފަ އެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އިސްލާހުތަކުގެ ތަފްސީލެއް ނުލިބެ އެވެ. މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު މާދަމާއަށް ޖަލްސާއެއް އެޖެންޑާ ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ނާއިބު ރައީސްއަށްވެސް އާދިއްތަ ދުވަހު އޮތް އިންތިހާބުގައި ގޮނޑި ދިފާއު ކުރެވޭ ގޮތެއް ނުވި އެވެ.

14%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް