ads
ހުޅުމާލޭ ހިޔާ ފްލެޓް 11-11-11 ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި - ފޮޓޯ: އެންޑީއެމްއޭ
ހިޔާ ފްލެޓެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް ކޮޓަރިއެއް އަނދައިފި
ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، ހުޅުމާލޭ ހިޔާ ފްލެޓް 11-11-11 ގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ރޯވި ގޭގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.

އެންޑީއެމްއޭއިން މިއަދު މިހެން ބުބެފައިވާއިރު، އަލިފާނުގެ މި ހާދިސާއާ ގުޅޭ މައުލޫމާތެއް އެމްއެންޑީއެފުން މިއަދު ހިއްސާކޮށްފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް