ބާކީ ފަސް މެޗު އޮއްވާ، ލީގު ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދީ އޭސީ މިލާން އަތުން 2-1 އިން މޮޅުވެގެންނެވެ. މިއީ އިންޓަ އިން އިޓާލިއަން ލީގު ކާމިޔާބުކުރި 20 ވަނަ ފަހަރެވެ.
އިންޓަ އެއް ވަނައިގައި އޮތީ 33 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މިލާނަށް ވަނީ 33 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސްގެ އޮތީ 33 މެޗުން 64 ޕޮއިންޓެވެ.