ads
ރިވައިވަލްގެ ޒަޔާން ޒަކީ
އިންޓަ ރިސޯޓް ބެޑްމިންޓަން މުބާރާތް މިއަދު ފަށަނީ
ރިވައިވަލް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ އިންޓަ ރިސޯޓް ބެޑްމިންޓަން މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

ޖުމްލަ އެކު ހަ ރިސޯޓާ އެކު ކުރިއަށްދާ މި މުބާރާތް، ރިވައިވަލް އިން ކުރިއަށްގެންދަނީ ބ. އޭދަފުށީ ބެޑްމިންޓަން ކޯޓުގަ އެވެ. މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ރިސޯޓްތަކަކީ، އަނަންތަރާ ކިހަވައް ވިލާސް، ރޯޔަލް އައިލެންޑް ރިސޯޓް، ފޯސީޒަން ލަނޑާގިރާވަރު، އަވާނީ ފަރެސް، އަމިއްލަފުށި ރިސޯޓް އަދި ސިޔާމް ވޯލްޑް އެވެ.

މިކްސް ޓީމު އިވެންޓް މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާން ނިންމާފައިވާ ރިސޯޓް ޗެމްޕިއަންޝިޕްގައި ޓީމު ރަޖިސްޓްރީ ކުރާއިރު، ޓީމުގައި ހަތަރު ފިރިހެން ކުޅުންތެރިންނާއި ދެ އަންހެން ކުޅުންތެރިން ހިމެނެން ޖެހޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް