ads
ހުޅުމާލޭގައި އަޅާ ވެއާހައުސް ކޮމްޕްލެކްސްގެ ކުރެހުމެއް
ހުޅުމާލޭގައި ވެއާހައުސިން ކޮންޕްލެކްސްއެއް އަޅަން ޗައިނާ ކުންފުންޏަކަށް
ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސްއެއް އަޅަން ޗައިނާގެ ކުންނުންޏަކާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
Advertisement

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޮޓައިމް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއިއެވެ.

މިކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއެވެ. ރޮޓައިމް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެކުންފުނީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންގްއެވެ.

މި ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރަނީ ޖުމްލަ 2 އިމާރާތަކަށެވެ. މިއިން ކޮންމެ އިމާރާތެއްގައި 4 ފަންގިފިލާ ހުންނާނެއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 38 މިލިއަން ޑޮލަރަށް 2 އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށްކަމަށް އެޗްދީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ބުނީ ވެއާހައުސް ކޮމްޕްލެކްސް އިމާރާތް ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށެވެ. އެގޮތުން ވެއާހައުސް އިމާރާތް ކުރާނީ "އޮޓަމޭޓެޑް ވެއާހައުސް މެނޭޖްމަންޓް ސިސްޓަމް" އަކާ އެކީ ކަމަށް އެޗްޑީސީން ބުންޏެވެ. 

މީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގުދަންކުރުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގިނަ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ވެއާހައުސް ކޮމްޕްލެކްސް އިމާރާތް ކުރާނީ ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ގޮތަށެވެ. އަދި އޮފީސް ޖާގަ އާއި ޝޯރޫމް ހިމެނޭ އިމާރާތެއް ވެސް އެ ކޮމްޕްލެކެސްގައި ހަދާނެކަމަށް އެޗްޑީސީން ބުނެއެވެ. 

your imageހުޅުމާލޭގައި އަޅާ ވެއާހައުސް ކޮމްޕްލެކްސްގެ އެއްބަސްވުމުގައި ސޮއިކުރަނީ 

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބެއްވި ރަސްމިއްޔާޔުގައި އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މި ވެއާހައުސް ކޮމްޕްލެކްސްގެ ސަބަބުން އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. 

"ހުރިހާ ކަމެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ކޭޓަރ ކުރާ ވެއަރހައުސް ބިލްޑިންގއަކަށް މި ބިލްޑިންގވާނެ. އެސްއެމްއީތަކަށްވެސް އެއްވެސް ވަރަކަށް އިންވެސްޓް ކުރަން ނުޖެހި އެބޭފުޅުން ތަން ކުއްޔައް ނަގައިގެން އެ ބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާކުރަން ލިބޭ ރަނުގެ ފުރުޞަތަކަށް މިކަންވެގެން ދާނެ" ފަޒުލް ވިދާޅުވިއެވެ.

މި ކޮމްޕްލެކްސްގައި ޕާކިން ފެސިލިޓީއެއްގެ އިތުރަށް ފުރާޅުގައި ސޯލާ ހަރުކޮށްފައި ހުންނާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް