ads
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސްގެ ހާއްސަ ޝުކުުރެއް ރައީސް މުއިއްޒަށް
ބައްޕާޕުޅުގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގައި ހަމަޖައްސަވައި ދެއްވި އިންތިޒާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަބްދުﷲ ޝާހިދު ހާއްސަ ޝުކުުރެއް އަދާކުރައްވައިފި އެވެ.
Advertisement

ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީީސް ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ތައުޒިޔާ ދަންނަވައި ރައީސް މުއިއްޒު ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފަ އެވެ. ޝާހިދުގެ ބައްޕާފުޅު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާ އެކު ކަން ހާމަކުރައްވާ އެ ޕޯސްޓުގައި ރައީސް ވަނީ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށާއި އެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާފަ އެވެ.

އެކަމާ ގުޅިގެން ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ރައީސްގެ ތައުޒިޔާގެ މެސެޖުގައި ފާޅުކުރައްވާފައިވާ ޝުއޫރުތަކަށް އެމަނިކުފާނާއި އެ އާއިލާގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

"އާއިލާއަށް ދިމާވި ނުހަނު ހިތްދަތި މި ދަނޑިވަޅުގައި މަނިކުފާނުގެ އިރުޝާދުގެ މަތިން ބައްޕަގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ކުރެއްވި އިންތިޒާމުތަކަށް ވެސް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

މޫސާ ޖަމީލުގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރެއްވީ ކިޔަވައި ދެއްވުމުގަ އެވެ. މަދަރުސަތުއް ސަލާހިއްޔާގައި ކިޔަވާދެއްވި މޫސާ ޖަމީލަކީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މުދިމުން ތަމްރީނުކޮށްދެއްވި ހިދުމަތްތެރިޔާ އެވެ. ކިޔަވައި ދެއްވުމުގެ އިތުރުން މޫސާ ޖަމީލު ވަނީ އިސް ފަނޑިޔާރެއްގެ ގޮތުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.

މޫސާ ޖަމީލުގެ މައްޗަށް ކުރި ކަށު ނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. ފަސްދާނުލާފައި ވަނީ ގަލޮޅު ސަހަރާގަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް