ads
ހއ.އުތީމު ރައްޔިތުން ޝުޖާއަށް މަރުހަބާ ކިޔަނީ
ދާއިރާގެ ރަށްތަކުން ޝުޖާއުއަށް ރަސްކަލެއްގެ މަރުހަބާ
ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ޝުޖާއުއަށް ދާއިރާގެ ރަށްތަކުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ އިންތިހާބުގައި އެއް ކެންޑިޑޭޓަކު އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓަކީ ޝުޖާއު އެވެ.

your imageހއ. ބާރަށު ރައްޔިތުން ޝުޖާއަށް މަރުހަބާ ކިޔަނީ

ބާރަށު ދާއިރާއަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ 3483 މީހުންގެ ތެރެއިން 2447 މީހުން ޝުޖާއުއަށް ވަނީ ވޯޓް ދީފައެވެ. އެއީ އިންތިހާބުގައި ވޯޓްލީ މީހުންގެ 83 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ.

3 ކެންޑިޑޭޓުން ވާދަކުރި އިންތިހާބުގައި ޝުޖާއުއާ އެންމެ ގާތުން ވާދަކުރި އެމްޑީޕީ ކެނޑިޑޭޓަށް ލިބުނީ 468 ވޯޓެވެ. 

your imageހއ.ތަކަންދޫ ރައްޔިތުން ޝުޖާއަށް މަރުހަބާ ކިޔަނީ

ތާރީހީ ކާމިޔާބީއާއެކު ޝުޖާއު ގެންދަވަނީ އޭނާއަށް ދެއްވި ތާއީދާށް ޝުކުރު އަދާކުރުމަށް ދާއިރާގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. ބާރަށުގެ އިތުރުން އެދާއިރާގައި ދެން އޮންނަނީ އުތީމާއި މުރައިދޫއާ، ތަކަންދޫއެވެ. މިރަށްތަކަށް އިންތިހާބަށް ފަހު ސުޖާއު ވަޑައިގަތުމުން އެ ރަށްރަށުން އޭނާއަށް ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ. ރަސްކަލަކަށް ދޭ ޝަރަފު ރަށްތަކުން ޝުޖާއުއަށް ވަނީ އަރުވާފައެވެ.

ބާރަށު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކޮށް ޝުޖާއު ވިދާޅުވީ ރައްޔިތުން ދިން ތާއީދު ތަރައްޤީ އަށް ބަދަލު ކޮށްލާނެކަމަށެވެ. 

" އެމަސައްކަތުގައި ބާރަށު ދާއިރާގެ މައިކް އަބަދު “އޮން” ވެފަ މަޖިލީހުގައި އިންނާނެ. ތިޔަ ލޯބި ދަމަހައްޓާނަން.ތިޔަ ލޮބުވެތި ރައްޔިތުން ހެއްވާލަދޭނަން." ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ

your imageހއ.މުރައިދޫ ރައްޔިތުން ޝުޖާއަށް މަރުހަބާ ކިޔަނީ

2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯދީ ހިތަދޫ ދެކުނު ދާއިރާ ކެންޑިޑޭޓް އިބްރާހިމް ނާޒިލްއެވެ. ނާޒިލްއަށް އެފަހަރު 1930 ވޯޓް ލިބިވަޑައިގެންނެވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް