ads
ނޮޅިވަރަމް ދާއިރާއަށް ހޮވުނު މުހައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާއަށް ހޮވުނު މުހައްމަދު ރަޝީދުވެސް ޕީއެންސީއަށް
މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު ރަޝީދު ވެރިކަން ހިންގާ ކޯލިޝަނުގެ މައި ޕާޓީ، ޕީއެންސީއަށް މިއަދު ސޮއިކޮށްފިއެވެ.

މުހައްމަދު ރަޝީދު އިންތިހާބުގައި ވާދަކުރީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ .މުހައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރުމާ އެކީ އަންނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ އެ ޕާޓީގެ މެމްބަރުންގެ އަދަދު 73 އެރިީއެވެ.

ނިމުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، އިންތިހާބުވި 6 މެންބަރަކު (ޕީއެންސީ) އަށް އަލުން މިއަދު ވަނީ ސޮއިކޮށްފައެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ވަނީ 66 ގޮނޑި ލިބިފައެވެ. އޭގެއިތުރުން އަމިއްލަ ގޮތުން ވާދަކޮށް ޕީއެންސީއާ ގުޅުނު 6 މެމްބަރުންނާއި ގާސިމް އިބްރާހިމާއި ކާނަލް މުހައްމަދު ނަޒީމާއި އަހްމަދު ސިޔާމްގެ އިތިރުން  އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދައިރާއަށް އިންތިހާބުވީ މުހައްމަދު އައްބާސް އަކީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންނެވެ. 

އެ ހުރިހާ މެމްބަރުންނާއި އެކު އަންނަ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދު 77 އެރީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް