އެލިއާއިން ބުނި ގޮތުގައި އެ ތަކެތި ހަދިޔާކުރީ މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި އެލިއާއިން އަބަދުވެސް އެކި ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ދިއުމުގެ ތެރެއިން، އެ ރަށުގެ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ކަމުގަ އެވެ.
ރާއްޖޭގެ އެއް ރަށަކަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށްކަމުގައިވާ މާފުށީ ކައުންސިލަށް ޑަސްބިނާއި ހޭލުންތެރިކުރުމަށްޓަކައި ބޭނުންކުރެވޭ ބޯޑުތަކެއް ހަދިޔާކުރުމަކީ އެލިއާއިން ކޮށްދިން ވަރަށްވެސް މުހިއްމު ކަމެއް ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެ އެވެ.
އެލިއާއިން ބުނީ މިހަރަކާތަކީ ސާފުތާހިރުކަމަށް އަހަންމިއްޔަތުކަން ދިނުމާއި ދެމެހެއްޓެނިވި ވެށްޓެއް ގާއިމު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިގޮތުން ހަދިޔާ ކުރެވުނު ޑަސްބިންތަކަކީ ދެވައްތަރުގެ ކުނި ވަކިކުރެވިގެން އުކާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑަސްބިން ތަކެއް ކަމަަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މީގެއިތުރުން ރާއްޖޭގެ ބޮޑު އާމްދަނީއެއް ބަރޯސާވަނީ ރާއްޖޭގެ ކަނޑުފަޅުގެ އިތުރުން ގޮނޑުދޮށްތަށް ބޭރު ދުނިޔެއަށް އިޝްތިހާރުކޮށްގެން ކަމަށް ވާއިރު، ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް ކުނި މެނޭޖްކުރުމަކީ މުހިއްމު އަހައްމިއްޔަތެއް ދީގެން މަސައްކަތްކުރަންޖެހޭ ކަމެއްގެ ކަމަށް އެލިއާއިން ފާހަގަކުރެ އެވެ. އެހެންކަމުން މި ޑަސްބިންތަކަކީ ޖަޒީރާ މުއްސަނދި ރީތިކަން ދެމެހެއްޓުމަށާއި މާފުށީގެ މާހައުލު ސާފު ވެއްޓަކަށް ބަދަލުކުރުމުގެ މުހިއްމު ހަރަކާތެއް ކަމަށް ގަބޫލުކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ވިޔަފާރީގެ ކާމިޔާބު 60 އަހަރު ފާހަގަ ކުރަމުންދާ އެލިއާއަކީ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް ވެސް އިންގިލާބެއް ގެނެސްދިން ބައިވެރިއެކެވެ. އެގޮތުން ހާޑްވެއާގެ އިތުރުން ތަފާތު ވައްތަރުގެ ލަކުޑީގެ ބާވަތްތަކުގެ ވިޔަފާރި ވެސް އެ ކުންފުނިން ކުރެ އެވެ.