ޕީއެސްޖީ އިން ރަށުން ބޭރުގައި ލޮރިއޯންގެ އަތުން މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި މެޗުގެ 19 ވަނަ މިނެޓުގައި ޕީއެސްޖީ ޑެމްބެލޭގެ ލަނޑުންވަނީ ލީޑު ނަގާފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެމްބާޕޭގެ ލަނޑުން ޕީއެސްޖީ ލީޑު ފުޅާކުރިއެވެ.
ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ ދިން ޕާހަކުން ޖެހީ ޑެމްބެލޭ އެވެ. ޕީއެސްޖީ އިން އެ ޓީމުގެ ހަތަރުވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގައި އެމްބާޕޭ އެވެ. މިއީ އެމްބާޕޭ މި ސީޒަނުގައި ޕީއެސްޖީ އަށް ޖަހާދިން 43 ވަނަ ގޯލެވެ.
ލޮރިއޯންއަށް ސުން ކަނޑުވާލަދިނީ މަމްބާގެ ލަނޑުންނެވެ.
މި މެޗާއެކު ޕީއެސްޖީ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 69 ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި މޮނާކޯ އޮތީ 30 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ.