މޯލްޑިވިއަނުން މީގެ ކުރިން ބުނީ އެ އެއާލައިނުން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޝެޑިއުލް ދަތުރުތައް ކުރަމުން ގެންދާނެ ކަމަށެވެ. މި ދަތުރުތަކުގައި މޯލްޑިވިއަނުން ބޭނުން ކުރާނީ އޭ320 ގެ މަތިންދާ ބޯޓެވެ.
މޯލްޑިވިއަނުން ލަންކާ ދަތުރުތައް ފަށާއިރު، ޓިކެޓުގެ އަގަކީ ދެކޮޅަށް 165 ޑޮލަރެވެ. އަދި ކޮންމެ ފަސިންޖަަރަކަށް 30 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެ ކަމަށާއި ދަތުރުމަތީ ރަނގަޅު މީލް ޕެކެއް ވެސް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. އެ އެއާލައިނުން ބުނެފައި ވަނީ އެއްވެސް ގޮތަކަށް އާންމުކޮށް އެއާޕޯޓުތަކުން ނަގާ "'ސަޕްރައިޒް ފީތައް" ނުނަގާނެ ކަމަށެވެ.
މޯލްޑިވިއަނުން ލަންކާއަށް ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ނަވޮލޮކާ ހޮސްޕިޓަލުން ގިނަ ފައިދާތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ބައެއް ކަހަލަ ޓެސްޓްތައް ހެދުން ވެސް ހިމެނެވެ.
ނަވޮލޮކާއިން ލިބޭ ހިދުމަތްތައް:
މީގެ ކުރިން ވެސް މޯލްޑިވިއަނުން ކޮލަމްބޯ އާއި މާލެ އާ ދެމެެދު ދަތުރުތައް ބާއްވާފައިވާއިރު، އެއާލައިނުން ވަނީ މި މަހު ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް ވެސް ފަށާފަ އެވެ.