ads
ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާކުރަން ދިރާގުން ޑީއެންއާރާ އެކު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:ދިރާގު
ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާކުރަން ދިރާގުން ޑީއެންއާރާ އެކު އެއްބަސްވުމެއް
ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ، ކަސްޓަމަ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ އެވެ. އަދި ޑީއެންއާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަހުމަދު އާލީ އެވެ.

ދިރާގުން ބުނީ މި ފަހުމުނާމާގައި ސޮއިކުރުމާ ގުޅިގެން އެ ކުންފުނިން ޑީއެންއާރް މެދުވެރިކޮށް، ހިދުމަތްތަކަށް އެޕްލައިކުރުމަށްޓަކައި ކަސްޓަމަރުން ހުށަހަޅާ ގައުމީ އައިޑީކާޑުގެ ވެރިފިކޭޝަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދީ، ކުރިއަށް ވުރެ ރަނގަޅުވެގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ފަހުމުނާމާ އާ ގުޅޭގޮތުން އާލީ ވިދާޅުވެފައި ވަނީ ފަހުމުނާމާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމަތްތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ޑީއެންއާރުގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އާލީ ވިދާޅުވި އެވެ.

your imageވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާކުރަން ދިރާގުން ޑީއެންއާރާ އެކު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:ދިރާގު

"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅިގެން މިފަދަ މުހިންމު ޑިޖިޓަލް އިނީޝިއޭޓިވްއެއް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ސަލާމަތްތެރިކަން ފޯރުކޮށްދީ، އެ ފަރާތްތައް އަޅުގަނޑުމެންނާ ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ޔަގީންވެގެން ދާނެ. އަދި މީގެ ސަބަބު ކަސްޓަމަރުންނަށް ހިދުމަތްދޭ އިތުރު ޗެނަލްތައް ގާއިމުވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެކަން ޔަގީން،" ދިރާގުގެ ޑިރެކްޓަ، ކަސްޓަމަ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ ވިދާޅުވި އެވެ. 


ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، 'ޑިޖިޓަލް ރާއްޖެ' އަކަށް އެ ފަރާތްތައް ވާސިލުކޮށްދިނުމަށް ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް