ads
ޕީއެންސީ ކުޅުދުއްފުށި އޮފީހުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި މަސައްކަތް ކުރަނީ
ޕީއެންސީ ކެންޑިޑޭޓް އޮފީސް ރޯކޮށްލި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ)ގެ ކެމްޕެއިން އޮފީހުގައި ރޯކޮށްލި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނާ މިއަދު މެމްނަދުރު ފަހު 02:55ގައި ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 16 ވަނަދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ހާދިސާގައި އެ އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެރަށުން މީހުން ބުނެއެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރި ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ އެ އޮފީހުގައި ރޯކޮށްލަނީ މޫނު ނިވާކޮށްގެން ތިބި ދެމީހެކެވެ. 

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާ ފަރުހަތު މުހައްމަދު ކާމިޔާބު ކުރީ 1228 ވޯޓާއެކުއެވެ. އޭނާއަށް އެންމެ ކައިރިން ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް އަލީ ވަހީދަށް ލިބުނީ 1136 ވޯޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް