ads
ގިރާވަރުފަޅުން ގުޅިފަޅަށް ގެ ބަދަލުކުރަން 1900 ވުރެ ގިނަ މީހުން އެދެފި
ގިރާވަރުފަޅުން ގޯތި ލިބުނު 1913 މީހަކު އެމީހުންގެ ގޯތި ގުޅީފަޅަށް ބަދަލުކޮށްދިނުމަށް އެދެފިއެވެ.
Advertisement

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުވުމަށް ބޭނުންވާ މީހުންނަށް އެކަމަށް އެދުމަށް ހުޅުވާލު ފުރުސަތު ހަމަވީ މިމަހުގެ 18 ވަނަދުވަހުއެވެ. 

ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުވުމަށް ހުޅޫވާލި ފުރުސަތުގައި 1913 މީހުން އެކަމަށް އެދި ހުށައަޅާފައިވާކަމަށެވެ. އަދި އެންމެ ގިނަ މީހުން ހުށައަޅާފައިވަނީ 1250 އަކަފޫޓްގެ ގޯތިތައް ބަދަލުކުރުމަށްކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން ކުރިމަތިލީ އަދަދު 

  • 1250  އަކަފޫޓުގެ 193 ގޯއްޗަށް / 928 މީހުން ކުރިމަތިލި 
  • 1650  އަކަފޫޓުގެ 663 ގޯއްޗަށް / 769 މީހުން ކުރިމަތިލި 
  • 2050  އަކަފޫޓުގެ 487 ގޯއްޗަށް / 213 މީހުން ކުރިމަތިލި 
  • 2450  އަކަފޫޓުގެ 4 ގޯއްޗަށް / 3 މީހުން ކުރިމަތިލި 

ބަދަލު ކުރަން އިއުލާންކުރި ގޯތީގެ ތެރެއިން 2450 އަކަފޫޓު އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންނެވެ. އެހެންކަމުން ގުރުއަތުން ނެގުން އޮންނާނީ 1250 އަކަފޫޓާއި 1650 އަކަފޫޓް ގޯތިތަކަށް ކުރިމަތިލީ މީހުންގެ މެދުގައިކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ގުރުއަތު ނެގުން އޮންނާނެ ދުވަސް ފަހުން އިއުލާންކުރާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

ހައުސިން މިނިސްޓްރީން ވަނީ ގޯތީ ބަދަލުކުރަން އެދުނު މީހުންގެ ލިސްޓުވެސް އާއްމުކޮށްފައެވެ. އަދި މި ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ އަންނަ މަހުގެ 1 ވަނަދުވަހުގެ 23:00 ކުރިން ހުށައެޅުމަށް އެ މިނިސްޓްރީން އެދެއެވެ. ޝަކުވާ ހިޔާ ޕޯޓަލް މެދުވެރިކޮށްވެސް ހުށައެޅެއެވެ. އަދި އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން [email protected] ޝަކުވާ ހުށައެޅުމަށް ހައުަސިން މިނިސްޓްރީން އެދެއެވެ. 

"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އޮތުމުންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ބައެއް ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމީކަމަށްވެސް މިނިސްޓްރީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް