ads
ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް ތުރުކީގެ އޮފިޝަލުންނާއި އެކު ރާއްޖެއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއިން 214 އައިޓަމެއް ތުރުކީއަށް ފޮނުވަނީ
ތުރުކީއާއި ރާއްޖެއާ ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރި އެއްބަސްވުމުގެ ދަށުން 214 ބާވަތެއް ރާއްޖެއިން އެ ގައުމަށް އެތެރެކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާކޮށްފިއެވެ.

މީ ބާވައްތައް އެގައުމަށް އެކްސްޕޯޓް ކުރާނީ ސުން ޕަސެންޓު ރޭޓުގަައެވެ. 

ތުރުކީއާއި ރާއްޖޭގެ ދެމެދު އެއްބަސްވެފައިވާ ވިޔާފާރީ އެއްބަސްވުން ގާއިމުކުރުމުގެ ދެވަނަ މަޝްވަރާ ވަނީ ބާއްވާފައެވެ. ރާއްޖެއިން ބޭރުކުރާ ކުރާ 214 މުދަލަށް ސުން ޕަސެންޓްގައި ތުރުކީއަށް އެތެރެ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށް ދިވެހި ސަރުކާރުން ތުރުކީގެ ސަރުކާރުގައި އެދުނީ މި މަޝްވަރާ ބައްދަލުވުމުގައެވެ. 

އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދާއި ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި ތުރުކީ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އިގްތިސާދާއި ބެހޭ ވަޒީރު ވިދާޅުވީ ރާއްޖެއިން ތުރުކީއަށް އެތެރެކުރާ މުދަލުން ޓެރިފް ކަނޑާލުމާއި ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެކަމަށެވެ. 

ތުރުކީއާއެކު ވިޔަފާރި އެއްބަސްވުމެއް ދިވެހި ސަރުކާރުން މިދިޔަ މަހު އެކުލަވާލައިފައިވާ، އެ ގައުމުން އަންނަނީ އަސްކަރީ ގޮތުން ވެސް ރާއްޖެއަށް އެހީތެރިވަމުންނެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް ޑްރޯން ވަނީ ތުރުކީން އެތެރެކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވީ ތުރުކީއަށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް