މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މި އަހަރު ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު މުބާރާތަށެވެ. މާލޭގައި ބާއްވާ މި މުބާރާތުގައި 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. ވޯލްޑް ކެރަމް ފެޑެރޭޝަންގެ މެންބަރުންނާއެކު 50 ބޭފުޅުންގެ ޑެލިގޭޓެއް މި މުބާރާތަށް ރާއްޖެ އަންނާނެއެވެ.
އޭޝިއާގެ އެންމެ ބޮޑު ކެރަމް މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ނުކުންނައިރު، ކުޅުންތެރިންގެ ފެންވަރު ހުރީ އެންމެ މަތީ ލެވެލްގައި ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝަން ވަނީ ވިދާޅުވެފައެވެ.
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އަންނަ މަހު މާލޭގައި ބާއްވަން ނިންމާފައިވާއިރު، މީގެ ކުރިން ކެރަމް ވޯލްޑްކަޕްވެސް ރާއްޖޭގައި ބާއްވާފައިވެއެވެ.