ads
އެމްޓީސީސީ ރޯދަ ޕްރޮމޯ 2024 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އެމްޓީސީސީ
"އެމްޓީސީސީ ރޯދަ ޕްރޮމޯ 2024" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
"އެމްޓީސީސީ ރޯދަ ޕްރޮމޯ 2024" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "އެމްޓީސީސީ ރޯދަ ޕްރޮމޯ 2024" ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކަށަވަރު ޝޯރޫމުގައި ބޭއްވި މި ރަސްމިއްޔާތުގައި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތުގެ ނަން އިއުލާނުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަބްދުﷲ ޒިޔާދެވެ. "އެމްޓީސީސީ ރޯދަ ޕްރޮމޯ" ގެ ނަސީބުވެރި ފަރާތަކަށް ހޮވިފައި ވަނީ ހުސެއިން މުސްތާގެވެ. އޭނާއަށް ލިބުނު އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ.

އެމްޓީސީސީން ބުނީ ރޯދަ މަހު ބޭއްވި "އެމްޓީސީސީ ރޯދަ ޕްރޮމޯ" ގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާ އެކު އެ ކުންފުނީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑަކްޓްތަކުގެ ތެރޭގައި:

  • ސުޒުކީ އިންޖީނު
  • ޔަންމާ ޖެންސެޓްސް
  • ސްޓަން އައިޓަމްސް
  • ޕީޕީޖީ ކޯޓިން
  • ސްކޮޓް ބޭޑަ ރެސިން
  • ސްކޮޓް ބޭޑަ ޖެލްކޯޓްސް އަދި ޕިގްމެންޓްސް
  • ސްޕެއާ ޕާޓްސް
  • އެކްސްސަސަރީޒް
  • އިންޑަސްޓްރިއަލް ގޭސް
  • މެރޯލް
  • ލުބްރިކެންޓްސް

"އެމްޓީސީސީ ރޯދަ ޕްރޮމޯ 2024" ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ގްރޭޓަ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ރަށްރަށަށް އެ ކުންފުނީގެ ޓީމުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް އެމްޓީސީސީން ބުނެ އެވެ. އެމްޓީސީސީން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމުގެ އިތުރުން ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ހިންގުމަކީ އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތްތަކެއް ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް