ads
ޓިމް ކްލާކް
އެމިރޭޓްސް އެއާލައިންގެ ސީއީއޯ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމައިފި
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި އެންމެ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އެއާލައިންގެ ސީއީއޯގެ މަގާމުގައި ހުންނެވި ޓިމް ކްލާކް އިސްތިއުފާ ދެއްވުމަށް ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި އެންމެ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އެއާލައިންގެ ސީއީއޯގެ މަގާމުގައި ހުންނެވި ޓިމް ކްލާކް އިސްތިއުފާ ދެއްވުމަށް ނިންމައިފި އެވެ.

އެގޮތުން ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޓިމް ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފަ އެވެ.

ކްލާކް މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އިޝާރާތެއް އޭނާ ވަނީ މިއަހަރުގެ ކުރީކޮޅު ދެއްވާފަ އެވެ. ނަމަވެސް އޭރު ވަކި ތާރީހެއް ވިދާޅުވެފައެއް ނުވެ އެވެ. އެމިރޭޓްސް އެއާލައިންގެ ޗެއާމަން ޝައިހް އަހްމަދު ބިން ސައީދު އަލް މަޚްތޫމު ވެސް ވަނީ އެ އެއާލައިންގެ ސީއީއޯގެ މަގާމުން ކްލާކް އިސްތިއުފާ ދެއްވަން ތައްޔާރުވަމުންދާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ކްލާކްގެ ބަދަލުގައި އެ މަގާމަށް ބޭފުޅަކު ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެެވެ. ނަމަވެސް އެމިރޭޓްސް ސީއީއޯގެ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާނެ ބޭފުޅެއްގެ އެއްވެސް މައުލޫމާތެއް ޝައިހް އަހްމަދު ހިއްސާކުރައްވާފައެއް ނުވެ އެވެ.

ޝައިހް އަހްމަދު އިތުރަށް ވިދާޅުވީ ޓިމް ކްލާކަކީ ވަރަށް އުފެއްދުންތެރި އަދި ހުނަރުވެރި ތަފާތު ބޭފުޅެއް ކަމަށެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުފުޅުން 70 އަހަރުގެ ޓިމް ކްލާކް އެމިރޭޓްސްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެ އެއާލައިންގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ޔޫއޭއީ ސަރުކާރުން އެމިރޭޓްސް އެއާލައިން ވުޖޫދަށް ގެނެސް އޮޕަރޭޝަންތައް ފެށީ 1985 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ޓިމް ކްލާކަކީ އެމިރޭޓްސް އެއާލައިން އުފެއްދުމަށްޓަކައި އެކުލަވާލި ޓީމުގައި ހިމެނިވަޑައިގެންނެވި އެ އެއާލައިންގެ ފައުންޑިން މެންބަރެކެވެ.

އެމިރޭޓްސް އެއާލާއިނާ ގުޅިވަޑައިގަތުމުގެ ކުރިން ޓިމް ކްލާކް ވަނީ އިނގިރޭސިވިލާތުގެ އަމިއްލަ އެއާލައިނެއް ކަމުގައިވާ ކަލެޑޯނިއާ އާއި ބަހްރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. ޓިމް ކްލާކް ވަނީ 2008 ވަނަ އަހަރުގެ ނިޔަލަށް ސްރީލަންކަން އެއާލައިންސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް