ހަދިޔާ ފޮށިން އިނާމުތައް ހާސިލުކުރި ނަސީބުވެރިންނަށް އިނާމުތައް ހަވާލުކޮށްފައި ވަނީ ބުރާސްފަތި ދުވަހު އުރީދޫގެ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ހަދިޔާ ފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލުކުރި އަހުމަދު ފަޔާޒަށް އިނާމު ވަނީ ހަވާލުކޮށްފަ އެވެ. އޭނާގެ ފަރާތުން އިނާމާ ހަވާލުވެފައި ވަނީ ބަދަލުގައި އައި މަލީހު މުހައްމަދެވެ.
އުރީދޫން ބުނީ އެޕަލް ވިޝަން ޕްރޯ، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރާއި ޑޭޓާ ޕެކާއި ގޭމިން ޕެކްގެ އިތުރުން އިތުރު ގިނަ އިނާމުތަކެއް މި އަހަރުގެ ހަދިޔާ ފޮށީގައި ހިމެނުނު ކަމަށެވެ.