ads
ސީ.އޭ.އެމް.ސީ.އީ ކުންފުނީގެ ތަޖުރިބާކާރުން ޓީމު ސާވޭ މަސައްކަތުގައި
ލާމު މެރިޓައިމް ހަބް ގާދޫގައި ހަދާނީ ތިމާވެއްޓާއި ރަށްޓެހި ގޮތަށް: އެމްޕީއެލް
ލާމު އަތޮޅު ގާދުގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސާވޭ އެމަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑް (ކެމް.ސީ.އީ) އިން ލާމު ގާދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި ސާވޭގައި ސީ.އޭ.އެމް.ސީ.އީ ކުންފުނިން ބައިވެރިވި ޓީމުގައި ހަތް ތަޖުރިބާކާރުން ހިމެނޭކަމަށް އެމްޕީއެލުން ބުނެއެވެ. އަދި އެމް.ޕީ.އެލްގެ ޓެކްނިކަލް ޓީމެއްވެސް މި ސާވޭގައި ބައިވެރިވިއެވެ. 

މެރިޓައިމްއާ ގުޅުންހުރި ގިނަ ޚިދުމަތްތަކާއެކު ލާމު ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ މަސައްކަތް ސީ.އޭ.އެމް.ސީ.އީ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. 

ލާމު ގާދޫއަކީ ވެލާ ކަހަނބު ބިސްއަޅައިި، އަލާވާ ކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވާތީ، "އިންޓަގްރޭޓަޑް މެރިޓައިމް ހަބް" މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި، އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށްކަމަށް އެމްޕީއެލުން ބުނެއެވެ. 

މި މަޝްރޫއުގެ ތެރޭގައި ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށްވެސް އެމްޕީއެލުން ބުނެއެވެ. 

މި މަސައްކަތްތައް ނިންމާލާނީ ތިމާވެއްޓާއި ބެހޭ ވުޒާރާ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުކަމަށްވެސް އެމްޕީއެލުން ބުނެއެވެ. 

ލ. އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓަރމިނަލްއެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ރާވާފައިވާއިރު، ސުޕަރ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ. އަދި މީގެ އިތުރުން "އޮފް ޝޯ ބަންކަރިންގ" އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތްވެސް ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް