ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ހުޅުޖަހާފައި ފިލަން ގޮސް އެއާޕޯޓުގައި ހުއްޓާ ހައްޔަރުކޮށްފި
ގަސްތުގައި ތަނެއްގައި އަލިފާން ޖަހާފައި ފުރަންވެގެން އެއާޕޯޓުގައި ހުރި މީހަކު ހައްޔަރުކޮށްފި އެވެ.

ގަސްތުގައި އަލިފާން ރޯކޮށް، މުދަލަށް ބޮޑެތި ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ހދ. ކުޅުދުއްފުށީ، ހީނާމާގެ އަންވަރު މުހައްމަދެވެ. އޭނާއަކީ 31 އަހަރުގެ މީހެކެވެ. 

އޭނާ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. 

އަންވަރު މުހައްމަދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ކޯޓަށް ހާޒިރުވާން ކުރިން ޗިޓު ފޮނުވުމުން ވެސް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އަދި އޭނާ ހައްޔަރު ކުރީ ފިލައިގެން ރާއްޖޭން ބޭރަށް ދާން އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ. 

އޭނާ ފިލައިގެން ދާން އުޅުނީ ނޫން ކަމަށާއި ދަރިފުޅު ޑޮކްޓަރަށް ދައްކަން ރާއްޖޭން ބޭރަށް ދާން ގޮސް ހުރީ ކަމަށް އޭނާ އާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް