ads
ލެސްޓާ އަލުން ޕްރިމިއާ ލީގަށް ކޮލިފައިވުން
ލެސްޓާ އަލުން ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެ
ލެސްޓާ އަލުން ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ ލެސްޓާ ސިޓީ އަލުން ލީގަށް ޕްރޮމޯޓްވީ ލެސްޓާ ލީގަށް ޕްރޮމޯޓްވީ އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ދެ ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑް ރޭ ކުޅުނު މެޗުން ކުއީންސް ޕާކް ރޭންޖާސް އަތުން ބަލިވުމުންނެވެ. 

މި މެޗުން ކިއުޕީއާރު ބަލިވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. އަންގާރަ ދުވަހުގެރޭ ލެސްޓާ އިން ވަނީ 5-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި ލެސްޓާ އޮތީ 44 މެޗުން 95 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލީޑްސް އަށް ވަނީ 45 މެޗުން 94 ޕޮއިންޓް ލިބިފަ އެވެ.

ޕްރިމިއާ ލީގުން ލެސްޓާ ރެލިގޭޓްވީ މިދިޔަ އަހަރު އެވެ. އެހެންނަމަވެސް އަހަރެއްގެ ތެރޭ އަނެއްކާ ވެސް އެ ޓީމުން މި ވަނީ އެނބުރި އައިސްފަ އެވެ. މީގެ ހަތް އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ވަނީ 2021 ވަނަ އަހަރު އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް