ads
ސޮވެރިން ފަންޑަށް މިއަހަރުގެ ޖަމާކުރި އަދަދު އިތުރުވެއްޖެ
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) މިއަހަރުގެ މިހާތަނަށް ޖަމާކުރި އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ.

މާލީ ވުޒާރާއިން އާާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު 319.7 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 4.2 އިންސައްތަ އިތުރުވުމެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 306.6 މިލިއަން ރުފިޔާއެވެ. 

އެސްޑީއެފްއަކީ ބޭރުގެ ގައުމުތަކުން ދިވެހި ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައި ފައިސާ ރައްކާކުރުމަށް 2017 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ފަންޑެކެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވެރިކަން ނިމުނުިއރުު އެ ފަންޑުގައިި ހުރީ 2 މިލިއަން ޑޮލަރުކަމަށްް މި ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިތާ ދެ މަހުގެ ތެރޭގައި އެ އަދަދު  35 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. 


އެހެންނަމަވެސް އެ ވާހަކަތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ދޮގުކުރައްވާފައެވެ. މިދިޔަ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ހުރީ 3 މިލިއަން ޑޮލަރުކަމަށް މި ސަރުކާރުން ބުނާ ބުނުމަކީ "ބުހުތާނު ބޮޑު" ދޮގެއްކަމަށެވެ. 

ރައީސް ސާލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމުނިއިރު އެސްޑީއެފް ފަންޑުގައި 32 މިލިއަން ޑޮލަރު ހުންނާނެކަމަށެވެ. އަދި އެ ފައިސާ ހުންނާނީ ބޭނުން ކޮންމެ އިރަކު ނެގޭގޮތަށް ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިކަމަށްވެސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް