ads
ޕޯސްޓު އޮފީސް: އެ އޮފީހުގެ ނަމުގައި ފައިސާ ހޯދަން ސްކޭމް މެސެޖުތަކެއް ފޮނުވަން ވަނީ ފަށާފައި - ފޮޓޯ:ޕޯސްޓު އޮފީސް
ޕޯސްޓު އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަނީ
ޕޯސްޓު އޮފީހުގެ ނަމުގައި ފައިސާ ހޯދަން ސްކޭމް މެސެޖުތަކެއް ފޮނުވަން ފަށައިފި އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓު އޮފީހުގެ ނަމުގައި ފޮނުވާ މެސެޖުތަކުގައި ބުނެފައި ވަނީ ގުދަނަށް ޕެކޭޖު އައިސްފައިވާ ކަމަށާއި އެޑްރެހުގެ މައުލޫމާތު ރަނގަޅުނުވެގެން ޕެކޭޖު ފޮނުވޭނެ ގޮތް ނުވެފައިވާ ކަމަށެވެ.

ކެނެޑާގެ ނަންބަރުތަކަކުން ފޮނުވަމުން އަންނަ އެ މެސެޖުގައި ވަނީ އެޑްރެސް ބަދަލު ކުރުމަށް ހަދަން ޖެހޭ ގޮތް ކިޔައިދީފަ އެވެ. އެގޮތުން މެސެޖާ އެކު ފޮނުވާފައިވާ ލިންކް ހުޅުވައިގެން އަލުން އެ ޕެކޭޖު ލިބޭ ގޮތް ހެދުމަށް ނުވަތަ އޯޑަރުކޮށްފައިވާ ޕެކޭޖު ޑީލަރަށް އަނބުރާ ދިނުމަށް އެ މެސެޖުގައިވެ އެވެ.

އެ މެސެޖުތަކުގައި ބުނެފައިވާ ގޮތުގައި މެސެޖާ އެކު ފޮނުވާފައިވާ ލިންކު މެދުވެރިކޮށް ރަނގަޅު މައުލޫމާތު އަލުން ފުރިހަމަ ކުރުމުން 24 ގަޑިއިރުގެ ތެރޭގައި ޕެކޭޖު ފޮނުވާނެ ކަމުގަ އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް ސްކޭމްތަކާ ގުޅުންހުރި 28،000 މައްސަލައެއްގައި 27 މިލިއަން ރުފިޔާ ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް ރިކަވާ ކުރެވިފައި ވަނީ އެއް މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް