ads
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ އިމާރާތުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ތިބެވޭނެ ކަމުގެ އުއްމީދެއް
ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލްގެ ބަދަލުގައި އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެންގޮސް ދާއިމީ ހައްލެއް ފެންނަންދެން ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފްލޯ ބޭނުން ކުރެވޭނެ ފުރުސަތު ދީފައިވާ ކަމަށް ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން މިރޭ ބުނެފި އެވެ.
Advertisement

އެމްއެންޔޫގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމާފައިވާއިރު، މި ނިންމުމާ ގުޅިގެން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައިގައި ރާއްޖޭގެ އެމްއެންޔޫ އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފާ ދެ ފަންގިފިލާ ހުސްކުރަން އެންގި މައްސަލައިގައި އެ ޔުނިއަން އިން ވަނީ ރައީސް އޮފީހާ ބައްދަލު ކޮށްފައެވެ.

އެ ބައްދަލުވުމަށް ފަހު އެ ޔުނިއަން އިން ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ރޭ ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި އައިޖީއެމްއެޗް އަދި އެމްއެންޔޫޫގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިއިރު، ސަރުކާރުން މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރައްޥާނެ ކަމުގެ ޔަގީންކަން ދިން އަރުވާފައިވާ ކަަމަށެވެ.

"...އަދި މި ކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވެފައި، މެޑިސިން ކިޔަވާ އަޅުގަނޑުމެންގެ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު ވަނީ އާ ވެފަ އެވެ،" ދަރިވަރުންގެ ޔޫނިއަންގެ ނޫސްބަޔާނުގައި ބުންޏެވެ.

އެ ޔޫނިއަންގެ އެދުމުގެ މަތިން ރައީސް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އައިޖީއެމްއެޗާއި އެމްއެންޔޫގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިކަން ނޫސްބަޔާނުގައި ފާހަގަކުރި އެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތައް ވަރަށް ތަފުސީލްކޮށް ޔޫނިއަނުންނާއި މެޑިސިން ކިޔަވާ ދަރިވަރުންގެ ފަރާތުން ތިލަކޮށްދިން ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް