މިއަދުން ފެށިގެން މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ، ދެކުނު ކޮރެއާ، ސިންގަޕޫރު އަދި މެލޭޝިއާގެ އެތްލީޓުން ބައިވެރިވެއެވެ.
މި މުބާރާތުގައި ރާއްޖެއާއެކު ހަތް ގައުމެއްގެ 100 އަށްވުރެ ގިނަ ކުޅުންތެރިން ކުޅޭނެއެވެ. އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި އެންމެ ކުޑަމިނުން ފައިނަލަށް ދިއުމުގެ އަޒުމުގައި ދިވެހި އަންހެން ޓީމު އޮތްއިރު، ފިރިހެން ޓީމު އަމާޒު ހިފާފައިވަނީ މުބާރާތް ކާމިޔާބު ކުރުމަށެވެ.
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް މިއަދު މާލޭގައި ފެށިއިރު، މީގެ 10 އަހަރު ކުރިން ރާއްޖޭގައި ކެރަމް ވޯލްޑްކަޕްވެސް ބާއްވާފައިވެއެވެ.