އާމިރު ހާން މިހެން ބުނެފައިވަނީ މަޝްހޫރު "ކަޕިލް ޝަރުމާ" ޝޯ ގައި ވާހަކަ ދައްކަމުންނެވެ.
ރީނާ އާމިރު ހާންގެ މޫނު މަތީގައި ޖެހީ، މާގިނައިން ބޭކާރު ވާހަކަ ދައްކާ ކަމަށް ބުނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ވެސް އާމިރު ހާން ވަނީ އޭނާގެ ހަޔާތާއި ގުޅޭ ގޮތުން ގިނަ ވާހަކަ ތަކެއް އެ ޝޯގައި ހިއްސާކޮށްފައެވެ.
ކަޕިލްޝަރުމާ ޝޯ މިހާރު ނެޓް ފްލިކްސް އަށް އައިސްފައިވާއިރު، އެ ޝޯއަށް އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ.
ފަނަރަ އަހަރުވަންގެން ކައިވެނިކޮށްގެން އުޅުމަށްފަހު އާމިރުހާން އާއި ރީނާ ދަތް ވަރިވެފައިވަނީ 2021 ވަނަ އަހަރުއެވެ.