ads
ތިމަރަފުށި ސިއްހީ މަރުކަޒު
ތިމަރަފުށި ހޮސްޕިޓަލްގެ އިހްމާލުން މީހަކު މަރުވިކަމުގެ ތުހުމަތު
ތ. ވޭމަންޑޫ ހެލްތް ސެންޓަރުން މާލެ ފޮނުވަން ނިންމި ބަލި މީހަކު ސިއްހީ އިހްމާލަކުން މަރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ ހެލްތު ސެންޓަރުން ބަލަން ފަށަފިއެވެ.

މަރުވެފައިވާ އުމުންރުން 65 އަހަރުުގެ އަންހެނެކެވެ. އެ މީހަކީ ތ. ވޭމަންޑޫ ހެލްތު ސެންޓަރުން މާލެ ފޮނުވަން ނިންމާ، އެ އަތޮޅު ތިމަރަފުށީ ސިއްހީ މަރުކަޒަށް ފޮނުވި ބަލިމީހެކެވެ. 

އެމީހާ މަރުވެފައިވަނީ އެއާ އެމްބިއުލާންސްގައި އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަގުމަތީގައި ސިއްހީ އިހުމާލަކުންކަމަށް ބުނެ މީހާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހާ އައިލާއިން ބުނީ ނޭވާލާން ދަތިވެގެން މާލެ ފޮނުވަން ގެންދިޔަ ބަލި މީހާ އުފުލި ތިމަރަފުށީ އެމްބިއުލާންސްގައި ހުރި އޮކްސިޖަން ފުޅި ހުސްވެފައިވާކަމަށެވެ. ހާލު ބޮޑުވެގެން އެމެޖެންސީގައި މާލެ ފޮނުވަން މަސައްކަތް ކުރި މީހަކީ ނޭވާ އުނދަގޫ ކުރުމާއި ނިއުމޯނިއާ އަށް ފަރުވާ ހޯދަމުން ދިޔަ މީހެއްކަމަށެވެ. 

ވޭމަންޑޫ ސިއްހީ މަރުކަޒުން ބުނީ ސިއްހީ އިހްމާލަކުން މީހަކު މަރުވިކަމަށް ބުނާ މައްސަލަ އެ މަރުކަޒުން ބަލަމުން އަންކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދަމުން އަންނަކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.  

ތިމަރަފުށީ ސިއްހީ މަރުކަޒުންވެސް ވަނީ ސިއްހީ އިހްމާލަކުން މަރުވިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އެ ހޮސްޕިޓަލުން ބުނީ ބަލިމީހާ ގެންދިޔަ އެމްބިއުލާންސްގައި ދޭންޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށެވެ. އެގޮތުން އެމްބިއުލާންސްގައި އޮކްސިޖަން ހުންނާނެކަމަށްވެސް އެ މަރުކަޒުން ބުނެއެވެ. 

މިކަމާއި ގުޅިގެން ހެލްތް މީނިސްޓްރީން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް