ads
އެފްޑީސީގެ އަމާން އުދަރެސްގެ ޓަވަރުތަކުގެ ތެރެއިން ޓަވަރެއް
ފްލެޓް ހޯދަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓްގެ މައްޗަށް އަމުރުކޮށްދިނުން އެދި އަމިއްލަ މީހަކު ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އޭނާ ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި އެދިފައިވަނީ، ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އުދަރެސް ޓަވަރުން އޭނާއަށް ލިބިފައިވާ ފްލެޓް އޭނާއަށް ހަވާލުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. 

މިއީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމުގެ އެއް ދުވަސް ކުރިން، ފަހިދިރިއުޅުން ކޯޕަރޭޝަނާ އެކު، މައްސަލަ ހުށަހެޅި ފަރާތާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފްލެޓެއްގެ މައްސަލައެވެ.

މި ފްލެޓް ހޯދުމަށް އެދި އެ މީހާ ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދުވަނީ ބޭރުކޮށްލާފައެވެ. މައްސަލަ ބޭރުކޮށްލާފައިވަނީ އެ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ނެތް ކަމަށް ކަނޑައެޅުމަށްފަހުއެވެ. އަދި މައްސަލަ ބޭރުކޮށްލިއިރު، މައްސަލައިގައި އެ މީހާގެ ފަރާތުން އެދިފައިވާ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ޕްލެޓް ލިބުނުކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް