ads
އިންޓަރިސޯޓް ބެޑްމިންޓަން ޗެމްޕިއަންކަން ފޯސީޒަންސްއަށް
އިންޓަރިސޯޓް ބެޑްމިންޓަން ޗެމްޕިއަންކަން ފޯސީޒަންސްއަށް
ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފޯ ސީޒަންސް ރިސޯޓުން ހޯދައިފި އެވެ.

ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފޯ ސީޒަންސް ރިސޯޓުން ހޯދީ ފައިނަލްގައި އަނަންތަރާ ބަލިކޮށްގެނެވެ. އޭދަފުށި ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ފޯ ސީޒަންސް އިން ކާމިޔާބުކުރީ 3-2 ގޭމުންނެވެ.

ރިވައިވަލް އިން ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާ ދީފަ އެވެ. މިއީ ރިވައިވަލް އިން އިސްނަގައިގެން ރިސޯޓު ބެޑްމިންޓަން މުބާރާތް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި ހަ ރިސޯޓަކުން ބައިވެރިވެފައިވާއިރު, އެ ރިސޯޓުތަކަކީ ޝިޔާމް ވޯލްޑް ފޯ ސީޒަން, އަނަންތަރާ ކިހަވައް, ރޯޔަލް އައިލެންޑް ރިސޯޓް, އަވާނީ ފަރެސް އަދި އަމިއްލަ ފުށި ރިސޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް