ނިއު އިންގްލަންޑާ ދެކޮޅަށް އިންޓަމިޔާމީ ކުޅުނު މެޗުން އިންޓަ މިޔާމީ މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މީގެ ތެރެއިން ދެ ލަނޑު މެސީ ޖަހާފައިވާއިރު، މެޗުގައި އިންޓަމިޔާމީގެ ލަނޑުތައް ޖެހީ ނިއު އިންގްލަންޑުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައެވެ.
މި މެޗުގައި މެސީ ޖެހި ދެ ލަނޑާއެކު މޭޖަރ ލީގު ސޮކަރގައި މި ސީޒަންގައި މެސީ ޖެހި ލަނޑުގެ އަދަދު މިހާރުވަނީ ނުވައަކަށް އަރާފައެވެ. އެއީ މެސީ ލީގުގައި ކުޅުނު ހަތް މެޗުގައެވެ.
ނޭޝަނަލް ފުޓްބޯޅަ ލީގުގެ ނިއު އިންގްލެންޑް ޕެޓްރިއޮޓްސްއާ އެކު ރިވޮލިއުޝަން ހިއްސާކުރާ ސްޓޭޑިއަމް މެސެޗުސެޓްސްގެ ފޮކްސްބޮރޯގެ ޖިލެޓް ސްޓޭޑިއަމްގައި މެސީ ކުޅޭތަން ބަލަން 65،612 އަށް ވުރެ ގިނަ މީހުން ދަނޑަށްވަނެވެ.