ads
ކްރިއޭޓިވް އާޓްސް ސްކޫލް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒެއް
އާޓްސް ކުރިއަރުވަން ޒަމާނީ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ
އާޓްސް ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
Advertisement

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ފުރުސަތު ހުޅުވައިލީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން 30 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގުމަށް ވަނީ މުއްދަތު ދީފަ އެވެ. 

މިކަމާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ މި މެއިލް [email protected] އަށް ޖޫން 25 ގެ ކުރިން ފޮނުވައިގެން މައުލޫމާތުތައް ސާފު ކުރެވޭނެ އެވެ.  

މިނިސްޓްރީން ބުނީ ކްރިއޭޓިވް އާޓް ސްކޫލްގެ ބޭނުމަކީ އާޓްސްގެ ދާއިރާ އިން މީހުން ބިނާކުރުމާއި އެ ދާއިރާ އިން ކުރިއަށް ދާން ޝައުގުވެރިވާ މީހުންނަށް ބޭނުންވާ ފުރުސަތުތަކާއި ވަސީލަތްތައް ގާއިމުކޮށް ދިނުމެވެ. 

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސްކޫލް އެޅުމަށް ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯން ފްރޭމްވޯކްގެ ދަށުން ލުއިތައް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް