ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި "ދިވެހި ރާއްޖޭގެ ބިމާއި ބެހޭ ބިލް" ހުށައެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލިޑަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން މަޖިލީހުގައި ނައިބް ރައީސްކަންވެސް ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ މި ބިލް ގާނޫނަކަށް ވެއްޖެނަމަ މިކަން ވެގެންދާން ލާމަރުކަޒީ އުސޫލަތަކަށް ތަބާ ނުވާ ވަރަަށް ބޮޑަށް ރައްޔިތުންގެ ބާރުތައް ކެނޑޭނެކަމަށެވެ، އެގޮތުން ފެހި ގާނޫނު އަސާސީގެ ދަށުން ކައުންސިލްތަކަށް ލިބުނު ބާރުތައް މި ބިލް ގާނޫނަށް ވުމުން ހަނިވެގެންދާކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މިބިލުގައިވާ ގޮތުން ބިމުގެ ރަޖިސްޓްރީ ދޫކުރަނީ މާލޭގައި ހުންނަ ރަޖިސްޓްރާއެއް ކަމަށް ބުނުމުން ރަށުން ބިން ދޫކުރުމަށް ކައުންސިލްތަކަށް ލިބޭ ބާރުވެސް ގެއްލިގެންދަނީ ކަމަށެވެ. އަދި ބިން އެކި ބޭނުމަށް ކަނޑައެޅުމުގެ ބާރު ކަައުންސިލްތަޖޖުން ނަގާ އެ ބާރު ރައީސްއަށް ލިބޭބެ ގޮތަށް ބިލުގައި ހިމަނާފައިވާކަމަށް ސަލީމް ވީދާޅުވިއެވެ.
"ދިވެހި ރާއްޖޭގެ ބިމާއި ބެހޭ ބިލް" ބަހުސަށް ހުޅުވާލުމުން މުޅިހެން ވާހަކަ ދައްކާފައިވަނީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ. އެ ހުރިހާ މެމްބަރުންވެސް ވަނީ ބިލުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އަދި ބިލުމުގައި މިހާރާއި ނުގުޅޭ ގިނަ ކަންތައްތަކެއް ހުރިކަން އެ މެމްބަރުން ފާހަގަކުރެއްވިއެވެ.
ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން ބިލް ހުށައެޅުއްވި ސަރުކާރުގެ މެމްބަފރުން މުސާ ސިރާޖު ވިދާޅުވީ މި ބިލަކީ މިހާރު ވަރަށް މުހިއްމު ބިލެއްކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ މިހާރު އަމަލުކުރަންދާ ބިމުގެ ގާނޫނަށް 22 އަހަރަށްް ވުރެ ގިނަ ދުވަސްވެފައިވުމުން އެ ބިލިގައި ހުރި ކަންކަން މިޒަމާނާ ނުގުޅޭތީކަމަށެވެ. އަދި ބިލުގައިވާ ކަންބޮޑުވާކަމެއް ހުރިނަމެ އެކަން ކޮމެޓީގައި މަރުހަލާގައި ބަހުސްކޮށް ހައްލުކުރަން ތާއީދުކުރައްވާކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.
މި ބިލުގެ ބަހުސް މަރުހަލާ މިއަދު ވަނީ ނިންމާލާފައެވެ. އަދި ބިލު ބަލައިގަތުމަށް މިއަދުގެ ވޯޓްގެ ގަޑީގައި ވޯޓަށް އަހާނެއެވެ.