ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 10 ގައުމަކަށް ސަފީރުން އައްޔަންކުރުމަށް މަޖިލީހަށް ފޮނުވާފައެވެ. އެގޭތެރެއިން މަޖިލީހުން މިއަދު ރުހުން ދީފައިވަނީ 8 ބޭފުޅަކަށެވެ.
ސަފީރުކަމަށް މަޖިލީހުން ރުހުންދިން ބޭފުޅުންނާއި ގައުމުތައް
މީގެތެރެއިން ޖެނިވާއަށް ކަނޑައަޅުއްވާ ސަލްމާއަކީ ޕީއެންސީގެ ޓިކެޓްގައި މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ވާދަކުރާ އަސްމާ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަދި ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް ނިންމާފައިވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެނެޓްގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެއިން ޝަރީފްގެ ބޮޑުދައިތައެވެ.
ސަލްމާއި ލުވެއިޒް
ސްރީލަންކާއަށް އައްޔަން ކުރަން ފޮނުވި މަސްއޫދަކީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ މީޑިއާ ސެކެރެޓަރީއެވެ.
ގީލާ އަލީއަކީ ރައީސް ޔާމިންގެ ވެރިކަމުގައި ވެރިކަމުގައި ހެލްތް މިނިސްޓްރީގެ ޕާމަންޓް ސެކެރެޓަރީކަމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދީ ގީލާ ވަނީ ވެރިކަންކުރާ ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައެވެ.
މަސްއޫދް އިމާދު އަދި ޑރ. ގީލާ އަލީ
ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ނަންތަކުންގެ ކޮމެޓީން އަދި ގޮތެއް ނިންމާފައި ނުވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުއެވެ. މި ދެބޭފުޅުންގެ ނަން ރައީސް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 27 ގައެވެ.