ads
އަޒްމީން އަދި ނާނަ
ކެރަމް ރިހި މެޑަލް އަޒްމީން އަދި ނާނައަށް
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގެ ފިރިހެން ޑަބަލްސް ރިހި މެޑަލް، ރާއްޖޭގެ އިސްމާއީލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) ގެ ޕެއާއިން ހޯދައިފިއެވެ.

ޑަބަލްސް ފައިނަލުގައި ރޭ ރާއްޖޭގެ ޕެއާ ވާދަކުރީ އިންޑިއާގެ ސަންދީޕް ދީވޭ އާއި ޖުގަލް ކިޝޯރް ދައްތާގެ ޕެއާއާއެވެ. އަޒްމީން އާއި ނާނަގެ ޕެއާ ޑަބަލްސް ބައިގެ ފައިނަލަށް ދަތުރުކުރީ ސިންގަޕޫރުގެ ލީނަސް ޕޯލް އާއި ބާލާޖީގެ ޕެއާ އާއި ބަންގްލަދޭޝްގެ ބިޕްލޮބް ރޯއީ އާއި އެމްޑީ އަލީގެ ޕެއާ ބަލިކުރުމަށްފަހުއެވެ.

މާލޭގައި މިހާރު ހިނގަމުންދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ ވަނީ އަންހެން ޑަބަލްސްގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. ނަމަވެސް އެ ޕެއާ ވަނީ ސެމީގައި އިންޑިއާގެ ރަޝްމީ ކުމާރީ އާއި ކޭ ނަގާޖޯތީގެ ޕެއާ އަތުން ބަލިވެފައެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ދެކުނު ކޮރެއާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް