ފްރާންސް ލީގު ޗެމްޕިއަންކަން ޕީއެސްޖީން ހޯދުމާއެކު މިއީ، 13 އަހަރުތެރޭގައި ޕީއެސްޖީން ލީގު ނެގި 10 ވަނަ ފަހަރެވެ. ޕީއެސްޖީއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވީ ވާދަވެރި މޮނާކޯ، އޮލިމްޕިކް ލިޔޯން އަތުން ރޭ ބަލިވުމުންނެވެ. ލީގު ޗެމްޕިއަންކަން ލިބުނު އިރު އަދި ބާކީ ތިން މެޗު އެބައޮތެވެ. ލީގުގައި ޕީއެސްޖީއަށް ބާކީ އޮތް ތިން މެޗުން ބަލިވިނަމަވެސް ލީގުގެ ޓޭބަލްގެ ކުރިއަކަށް ބަދަލެއް ނާންނާނެއެވެ. ޕީއެސްޖީން ލީގުގެ އެއްވަނަ މަގާމުގައި ދަމަހައްޓަމުން އަންނަނީ 12 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ.
މިއީ ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދި 12 ވަނަ ފަހަރެވެ. ޕީއެސްޖީން ލީގު ކާމިޔާބު ކުރުމުގައި އެ ޓީމުގެ ފޯވާޑު އެމްބާޕޭ ބޮޑު ދައުރެއް ކުޅުނު ނަމަވެސް މި ސީޒަނަށް ފަހު އޭނާ ކްލަބު ދޫކޮށްދާނެއެވެ.