ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 10:48 ހާއިރު ކަމަށެވެ. އެ ރަށު މައިމޫނާ ވިލާގެ ކައިރިން ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމުގަ އެވެ. އަދި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެގެން މިވަގުތު ފަރުވާދެމުން ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.