ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެކްސިޑެންޓު ހިނގީ އެ ސިޓީގެ އެއާޕޯޓު ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް އެތަނުން ނެއްޓިގެން ދާން މަސައްކަތް ކުރުމުގެ ތެރޭގައި ސައިކަލު ކަހާލައިގެން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި ކަހާލައިގެން ވެއްޓުމާ ގުޅިގެން އަނިޔާވެފައި ވަނީ ސައިކަލު ދުއްވި އުމުރުން 27 އަހަރުގެ މީހަކަށް ކަމުގަ އެވެ.
މި އެކްސިޑެންޓާ ގުޅިގެން އިތުރު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އަނިޔާވި މީހާއަށް ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.