ads
މީގެ ކުރިން ބޭއްވި އަހާ ފޯރަމެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
އަހާ ފޯރަމުގެ ދެވަނަ ބުރު މިރޭ ބާއްވަނީ
ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެ ކަންކަމާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ "އަހާ" ސިލްސިލާގެ ތިންވަނަ ފޯރަމް މިރޭ އޮންނާނެ އެވެ.

ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ މި ސިލްސިލާގެ މި ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ.

މި ފޯރަމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާއިރު، އެ މިނިސްޓަރުންގެ ތެރޭގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމާއި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދުގެ އިތުރުން ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ހިމެނެ އެވެ.

މި ފޯރަމުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު، މި ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. މި ފޯރަމަށް ސުވާލު ފޮނުވާނީ AH ޖެހުމަށްފަހު ހުސް ތަންކޮޅެއް ދޫކުރުމަށް ފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްމަށް ފަހު 300 އަށެވެ.

އަހާ ސިލްސިލާގެ ތިންވަނަ ފޯރަމު މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމުގެ ފުރަތަމަ ފޯރަމް ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އަހާ ސިލްސިލާ ފޯރަމް ބާއްވަމުން އަންނަނީ ގިނަ އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ހާމައަށް އޮންނަ ތަނެއްގައި ނަމަވެސް މިއަދާއި މިރޭ މާލެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ މިރޭގެ ފޯރަމް ކުރިއަށް ގެންދާނީ ޓީވީ މޯލްޑިވްސްގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް