ads
އަންނަ އަހަރު ސްކޫލް ބޮޑު ބަންދު ރޯދަމަހަށް
އަންނަ ދިރާސީ އަހަރު ނިންމީ ސްކޫލްތަކުގެ ބޮޑު ބަންދު ރޯދަމަހާއި ދިމާވާ ގޮތަށް ދިރާސީ ކަލަންޑަރު އެކުލަވާލައިފިއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މިހާރު ހިނގަމުންދާ ދިރާސީ އަހަރު އަންނަ ބުރާސްފަތީގައި ނިމޭނެއެވެ. އެއަށްފަހު އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަމަހުގެ 26 ވަނަދުވަހުއެވެ. 

އައު އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26ގައެވެ. ފުރަތަމަ ޓާމް ޗުއްޓީއަށްފަހު ސްކޫލްތައް އަލުން ހުޅުވޭނީ އޮކްޓޫބަރު 3 އަށެވެ. އޮކްޓޫބަރު 6ގައި ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށްފަހު އެޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގައެވެ. 

ސްކޫލްތަކުގެ ބޮޑު ބަންދު 9 މާރިޗުގައި ފަށާ ބަންދު ނިންމާ އަނެއް ދިރާސީ އަހަރު ފެށޭނީ އޭޕްރިލް 3 ގައެވެ. މި ތާރީހުތަކަށް ބެލުމުން އަންނަ މަހު 26ގައި ފެށޭ ދިރާސީ އަހަރު ނިންމާ ސްކޫލްތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ އަންނަ 2025 ވަނަ އަހަރުގެ ރޯދަމަހާއި ދިމާވާގޮތަށެވެ. 

އެހެންކަމުން އަންނަ އަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ފެށޭނީ ރޯދަމަހުގެ 9 ވަނަދުވަހުއެވެ. އަދި ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި ފިތުރު އީދު ބަންދުވެސް ވަންނާނީ ސްކޫލް ޗުއްޓީގެ ތެރެއަށެވެ.

ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމަހަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

މީގެކުރިން ދިރާސީ އައު އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުއެވެ. އެހެންނަމަވެސް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަތުރުވެރިކަމުގައި ދާއިރާގެ އެންމެ ޕީކު ދުވަސްވަރާއި ދިމާވާތީ އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެދުމުގައި މަތިން މިދިިޔަ ސަރުކާރުން ވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ އޮގަސްޓްމަހަށް ދިމާވާ ގޮތަށް ބަދަލުކޮށްފައެވެ.  

 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް