ads
ދާހިލީ ވަޒީރު އަލީ އިހްސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރު ތެެރޭ ހައްލުކުރާނަން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރގައި ހައްލުކުރައްވާނެކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެެއެވެ.
Advertisement

ވަޒީރުންނާއި ސުވާލުކުރުމަށް ކުރިޔަށް ގެންދާ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރު ސުވާލަކަށް ޖަވާބުދެއްވަުން ވަޒީރު އަލީ އިހްސާން ވިދާޅުވީ ރާއްޖޭގައި އުޅެނީ ކިހާ ބިދޭސީންނެއްކަމެއް ކޮން ބައެއް ކަމެއް އަދި ކިހާ ބައެއް ކަން ކަނޑައެޅިގެން މިހާތަނަށް އަދި ހޯދިފައިނުވާކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ފުރަތަމަ ކުރާ މަސައްކަތަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާބްތައް ނެގުންކަމަށެވެ. އަދި މި މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހިންމަފުށީގައި ފަށާ އެއް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާނެކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ. 

" ހާއްސަކޮށް އަންސްކިލްޑް ލޭބަރ މިކިޔާ ކެޓަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި ހުރި ވޯކް ޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރަނީ. މީގެތެރެއިން ބައެއް މީހުންނަކީ މީގެ ރެކޯޑްތަކުގައިވެސް ނެތް މީހުން. އެހެންވީމަ މިމީހުން މި ރެކޯޑްތެރެއަށް ނަގާފައި، މިވަގުތު ގަވައިދާ ހިލާފުވެފައި ތިބީ ކޮންބައެއްތޯ އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ، ނުވަތަ އެއްވެސް މީހެއްގެ ބެލުމުގައި ދަށުގައި ނޫންތޯ، އެމީހުން ސިސްޓަމްގެ ތެރެއަށް ވައްދަން މި ފަށަނީ." ދާހިލީ ވަޒީރު އިހްސާން ވިދާޅުވިއެވެ.

your imageގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 

ބިދޭސީން ގަވައިދަށް ފެއްތުމަށް މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު އެ މަސައްކަތް އެއްފަހަރާ ރާއްޖޭގެ ހުރިހާ ރަށެއްގައި މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށާއި އެ މަސައްކަތް ކުރިޔަށް ގެންދާނީ ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެންކަމަށް އިހްސާން ވިދާޅުވިއެވެ. 

ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށްފަހު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފަސޭހަ އިންތިޒާމުތަކެެއް ހަމަޖައްސަވާނެކަމަށް އިހްސާން ވިދާޅުވިއެވެ. އަދި އެއްވެސް އައިޑެންޓީއެއް ނެތް މީހުން އެމީހުންގެ ގައުމަތަކާއި ގުޅި ޓްރެވަލް ޑޮކިއުމެންޓް ހަދާ އެމީހުން ފޮނުވާލާނެކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ. މި މަސައްކަތް 3 އަހަރުގެ ތެރޭގައި ނިންމާލަން މިހާރު ޓައިމް ލައިން ކަނޑައަޅާފައިވާކަމަށް އިހްސާން ވިދާޅުވިއެވެ. 

"ސީދާ ޖަވަބާކީ 3 އަހަރުގެ ތެރޭގައި އަޅުގަނޑުމެން [ބިދޭސީންގެ މައްސަލައަށް ހަައްލު] ގެންނާނަން. އަމަލީ މަސައްކަތް ފަށާނަން މޭ 2 ގައި." ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް