ads
ހަންކެޑް ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ
ހަންކެޑެ ބުރިޖުގައި ތާރުއަޅަން ފަށައިފި
އިންޓަގްރޭޓެޑް ޓްއަރިޒަމަށް އައްޑޫ ހަންކެޑަ ތަރައްޤީކުރުމަށް ފެށި މަޝްރޫއުގައި ހިމެނޭ ބްރިޖުގައި ތާރުއެޅުމުގެެ މަސައްކަތް ފަށައިފިއެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކޮށް 8000 އެނދު ތަރައްޤީކުރުމަކީ މިދިޔަ ސަރުކާރުގެ ވައުދެކެވެ. އަދި މި މަސައްކަތުގެ ދަށުން މި މަޝްރޫއު ހިންގުމަށްް މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން (އެމްއެފްްއެމްސީ) އިން ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. މިިދިޔަ ސަރުކާރުން ވަނީ ހަންކެޑެ ނިންމުމުން އޮންނަ ގޮތުގެ ކުރެހުންތައްވެސް ދައްކާލާފައެވެ.

ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގަ އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި  ނިންމާލާފައެވެ.

your imageހަންކެޑެ ތަރައްޤީކުރުމަށް ބިން ހިއްކާ އެޅި ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ 

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ހަތަރު ލޭންގެ މި ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް މިމަހުގެ 16ގައި ފަށާފައިވާކަމަށެވެ. އަދި މި ސައްކަތްތުގެ ދަށުން 200 މީޓަރުގައި ތާރު އަޅާ ނިންމާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުގައި ނިންމައި ސޮއިކުރި އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން މި ސަރުކާރުން އިފްތިތާހުކުރީ މިމަހުގެ 15 ވަނަދުވަހުއެވެ. 

މި މަޝްރޫއަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް