ads
ހަޔަ އެޑިޔުކޭޝަން މިނިސްޓަރު މާރިޔާ: ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ސްޓޫޑެންޓް ލޯނު ދޭނެ ކަމަށް ވަނީ ވިދާޅުވެފައި - ފޮޓޯ:ހަޔަ އެޑިޔުކޭޝަން މިނިސްޓްރީ
ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ސްޓޫޑެންޓް ލޯނު ދޭނެ: މާރިޔާ
ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ސްޓޫޑެންޓް ލޯނު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އަހާ ސިލްސިލާގެ ތިންވަނަ ފޯރަމުގައި މިރޭ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސްޓޫޑެެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހަށް އިތުރު ކުރެވިފައިވާ ކަަމަށެވެ.

"ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ މިވަގުތު ލޯނަށްލާ ހުރިހާ ކުދިންގެ ޝަރުތު ހަމަވާ ނަމަ، ހުރިހާ ކުދިންނަށް ވެސް ލޯނު ދެއްވުން. އެހެންވީމަ، އެއީ އަޅުގަނޑުމެންނަށް ވަރަށް އުފާކުރާ ކަމެއް. އެހެންވީމަ، މި އުފާވެރި ހަބަރު އަޅުގަނޑުމެން ތިބޭފުޅުންނަށް ހިއްސާކޮށްލަން ބޭނުންވީ،" މާރިޔާ ވިދާޅުވި އެވެ.

މި ފަހަރު ލޯނަށް އެދުމަށް ހުޅުވާލި 500 ފުރުސަތުގައި އަލަށް ކިޔަވަން ދިއުމަށް ބޭނުންވާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލޯނަށް އެދެވޭނެ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދެމުން އަންނަ މަތީ ތައުލީމު ލޯނަށް އެދުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު އިތުރުކޮށްފަ އެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުވާލި ފުރުސަތު މި މަހުގެ 24 ވަނަ ދުވަހަށް ހަމަވުމާ އެކު ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ މުއްދަތު ފެށޭ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަަމައަށް އިތުރުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް