ads
މޯލްޑިވިއަންގެ އެއާބަސް އެއާކްރާފްޓެއް: ވައިޑް-ބޮޑީ އެއާކްރާފްޓްތަކުގެ އޮޮޕަރޭޝަންތައް އަންނަ އޮކްޓޫބަރު މަހު ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައި - ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަންގެ ބޮޑެތި ބޯޓުތަކުގެ ދަތުރުތައް އަންނަ އޮކްޓޫބަރު މަހު ފަށަނީ
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓްތަކުގެ އޮޮޕަރޭޝަންތައް އަންނަ އޮކްޓޫބަރު މަހު ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އަހާ ސިލްސިލާގެ ތިންވަނަ ފޯރަމުގައި މިރޭ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންތައް ފެށުމުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ އެއާކްރާފްޓުތައް ގަތުމަށް ފަހު ރާއްޖެއަށް ރަޖިސްޓްރީ ބަދަލު ކުރުމަކީ ވަގުތު ނަގާ ކަމެއް ކަމަށް އަމީން ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ، އޮކްޓޫބަރު ފަހުކޮޅު ނޫނީ ނޮވެމްބަރާ ހިސާބަށް ދާއިރު ގައުމީ އެއާލައިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕުގެ ބައެއް ސިޓީތަކަށް ފެށުމަށް ޓަކައި [ސީދާ ޝެޑިއުލްކޮށް] މި މަސައްކަތް ފެށޭނެ. އެ ހިސާބަށް ދާއިރު އޮންނާނީ ގައުމީ އެއާލައިން ވައިޑް ބޮޑީ އޮޕަރޭޝަންސް އާ އެކީ ފެށިފައި،" އަމީން ވިދާޅުވި އެވެ.

މި އެޑްމިނިސްޓްރޭޝަނުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ އޮޕަރޭޝަނަށް ވައިޑް-ބޮޑީ އެއާކްރާފްޓް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކަށްވާއިރު، ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލުތަކަށް ދަތުރުތައް ފުޅާކުރުމަށް ގައުމީ އެއާލައިންއަށް ވައިޑް-ބޮޑީ ދެ ބޯޓު ގެނައުމަށް ސަރުކާރުން އެހީވާ ގޮތަށް ކެބިނެޓުން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް