ads
އިއްޒުންދީން ސްކޫލުގެ ދަރިވަރުންތަކެއް
ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީއަށް
ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމާ ސްކޫލުތަކުގެ ޗުއްޓީ ފަށައިފި އެވެ.

ރާއްޖޭގެ 216 ސްކޫލެއްގައި މިއަދު ދަރިވަރުންނަށް ރިޕޯޓު ފޮތް ވަނީ ދީފަ އެވެ. ސްކޫލުތަކުގެ ކިޔެވުން ދެން ފަށާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.

މި އަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 84،200 ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވާއިރު، ކިޔަވައިދިނުމަށް ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ސްކޫލުތަކުގައި ވަނީ ހަރަކާތްތެރިވެފަ އެވެ. 

އާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމް ޗުއްޓީއަށްފަހު ސްކޫލުތައް އަލުން ހުޅުވާނީ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށްފަހު އެ ޓާމުގެ ކިޔެވުން ނިމޭނެ ކަމަށް ކަލަންޑަރުގައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު އެވެ. 

ސްކޫލުތަކުގެ ބޮޑު ބަންދު ނުވައެއް މާޗުގައި ފަށައި ބަންދު ނިންމާ އަނެއް ދިރާސީ އަހަރު ފެށުމަށް ނިންމާފައި ވަނީ އެޕްރީލު މަހުގެ ތިންވަނަ ދުވަހު އެވެ. މި ތާރީހުތަކަށް ބެލުމުން އަންނަ މަހުގެ 26 ވަނަ ދުވަހު ފެށޭ ދިރާސީ އަހަރު ނިންމާ ސްކޫލުތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ އަންނަ 2025 ވަނަ އަހަރުގެ ރޯދަ މަހާ ދިމާވާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް