ads
އައިޑީކާޑް
65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީކާޑެއް
އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކޮށް ދާއިމީ އައިޑީކާޑެއް ދިނުމަށް ނިންމާފައިވާކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ބުނެފިއެވެ.

އެ އިދާރާއިން މިހެން ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ. 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށައެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ

އިވާ ހުށައެޅުއްވި މި މައްސަލައިގެ ދިރާސާ މަރުހަލާގައި ކޮމެޓީގައި ވާހަކަދައްކަވަމުން ނެޝަނަލް ރެޖިސްޓްރޭޝަނާ ހަވާލުވެ ހުންނެވި ސްޓޭޓް ޔޫސުފް އަބްދުއްގަފޫރު ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރު ކަމަށެވެ. އެއަށްވުރެ ދޮށީ މީހުންގެ ކާޑުގެ މުއްދަތަކީ 10 އަހަރުގެ ކަމަށެވެ.

ގަފޫރު ވިދާޅުވީ މިހާރު އޮތް ގޮތް ބަދަލުކޮށް 65 މަތީ މީހުންގެ އައިޑީ ކާޑު މުއްދަތު ހަމަނުވާގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިގޮތަށްް ނިންމަނީ އުމުރުން ދުވަސްވީ މީހުންގެ އައިޑީކާޑު އާކުރަމުގައި ދަތިތަކާއި ކުރިމަތިވެ އެކަމުގެ ޝަކުވާތައް ލިބެމުން އަންނާތީކަމަށެވެ.  އޭނާ ވިދާޅުވީ މި ބަދަލު ގެންނަން އެކަމާއި ގުޅޭ ކަރުދާހެއް އެކުލަވާލުމަށްްފަހު މިހާރު ވަޒީރުންގެ މަޖިލީހަށްް ފޮނުވާފައިވާކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް